އިދިކޮޅު މައި ޕާޓީ އެމްޑީޕީން އިސްނަގައިގެން މިއަދު މާލޭގައި ބާއްވާ ބޮޑު މުޒާހަރާގައި އެއްވެސް ރައްޔިތަކު ބައިވެރިނުވުމަށް މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު އަދި ޖުމްހޫރީ ޕީޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިިއެވެ.
ގާސިމް މިއަދު ހެނދުނު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ މަސައްކަތް ކުރަނީ ގައުމު އިނދަ ޖައްސާލަންކަމަށާއި، އެމްޑީޕީގެ މުޒާހަރާއަށް ޖޭޕީގެ އެއްވެސް މެންބަރަކު ނުދިއުމަށެވެ. އަދި މި މުޒާހަރާ ގާސިމް ސިފަކޮށްފައި ވަނީ ބިނާކުރަނިވި މުޒާހަރާއަކަށްވުރެ، ފަނާކުރަނިވި މުޒާހަރާއެއްގެ ގޮތުގައެވެ.
މިއީ ވެރިކަން ހޯދުމަށްޓަކައި ކުރާ ނުބައިކަމެއްކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މިއީ އެއްވެސް ހާލެއްގައި، ރާއްޖެ މިހާރު އޮތް ދަރަނިވެރި ހާލަތުން ސަލާމަތް ކުރަން ހިންގާ ހަރަކާތެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.
މި ސަރުކާރުން ނަގަން ޖެހިފައިވާ ދަރަނީގެ ޒިންމާއަކީ މީގެ ކުރިން ފާއިތުވީ ސަރުކާރުތަކުގައި ނަގާފައިވާ ދަރަނިތަކެއްގެ ޒިންމާކަމަށާއި، ލިބޭ ހުރިހާ ފައިސާއެއްގެ ބޮޑު ބައި ހޭދަ ވަނީ ދަރަނި ދެއްކުމަށްކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މި ދަރަނި ނުދެއްކިއްޖެނަމަ މުޅި ގައުމު ބަނގުރޫޓުވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
މިދިޔަ ވެރިކަންތަކުގައި ކުންފުނިތަކުގައި ވެސް ބޮޑެތި ހިޔާނާތްތައް ހިންގާފައިވާއިރު، އެ ސަރުކާރުތަކުން މި މައްސަލަތައް ހައްލު ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކޮށް ގާސިމް ވިދާޅުވީ، މި ސަރުކާރު ފެންނަނީ މުޅިން ތަފާތުކޮށްކަމަށެވެ. ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ ތުހުމަތުތައް އަމާޒުވާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅައި، މަގާމުން ދުރުކުރަމުންކަމަށް ގާސިމް ވިދާޅުވިއެވެ.
މިދިޔަ ވެރިކަންތަކުގައި ކުންފުނިތަކުގައި ވެސް ބޮޑެތި ހިޔާނާތްތައް ހިންގާފައިވާއިރު، އެ ސަރުކާރުތަކުން މި މައްސަލަތައް ހައްލު ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކޮށް ގާސިމް ވިދާޅުވީ، މި ސަރުކާރު ފެންނަނީ މުޅިން ތަފާތުކޮށްކަމަށެވެ.
ރައީސް ގެންދަވަނީ ތުހުމަތުތައް އަމާޒުވާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅައި، މަގާމުން ދުރުކުރަމުންކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންކަމުން މުޒާހަރާއިން ނިކުންނާނެ ނަތީޖާއަކީ ގައުމު އިތުރު ވަޅުގަނޑަކަށް ވެއްޓުންކަމަށް ގާސިމް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް އިތުރު ތުރާލާ ކުރިމަތިވާނެކަމަށްވެސް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިއީ ގައުމު އިނދަޖައްސާލުމަށް ހިންގާ މުޒާހަރާއެއްކަމަށެވެ.

