ނ. ފޮއްދޫގައި އެމްޓީިސީސީން އިމާރާތްކުރާ ސިއްހީ މަރުކަޒުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އެ ސެންޓަރުގެ ފައުންޑޭޝަން އެޅުމަށް ކުރަން ޖެހޭ ބައެއް މަސައްކަތްތައް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ފޮއްދޫގައި އިމާރާތްކުރާ ސިއްހީ މަރުކަޒުގެ މަސައްކަތްތައް… ފޮޓޯ: އެމްޓީސީސީ
ފޮއްދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ފަށާފައިވަނީ މީގެ ދެ މަސް ކުރިންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފޮއްދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ ސިއްހީ މަރުކަޒުގެ މަޝްރޫއުގެ އަގަކީ 26.8 މިލިއަން ރުފިޔާއެވެ.

