ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަސާސީ ކާބޯތަކެތީގެ ލިސްޓަށް ސަރުކާރުން އިތުރުކުރި 23 ބާވަތް މިމަހުގެ 15 ކުރިން ބާޒާރަށް ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެކުން ފުނިން ބުނީ މިމަހުގެ 15ގެ ކުރިން މިބާވަތްތައް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާއިރު، މިހާރު މިތަކެއްޗަށް އޯޑަރުކުރެވިފައިވާ ކަމަށެވެ.
އެސްޓީއޯއިން އެތެރެކުރުމަށް ހަމަޖެހިފައިވާ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީގެ 10 ބާވަތުގެ އިތުރުން މުގު، ބިސް، އަލުވި، ރީނދޫ މުގު، ކުކުޅު ބިސް އަދި ކާށި ހިމެނޭނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިގޮތަށް ނިންމެވީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ބާޒާރުގައި އަގު ހިފެހެއްޓުމަށް، އަދި ރައްޔިތުންނަށް ހެޔޮ އަގުގައި މޭވާ އާއި ތަރުކާރީ ލިބޭނެ ގޮތް ހެއްދެވުމަށްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

