މާލެ ސިޓީގެ ކުރީގެ މޭޔަރު މައިޒާން ޢަލިމަނިކުގެ އަނބިކަނބަލުން ޢާއިޝަތު ޒަމީލް ނިޔާވުމާއި ގުޅިގެން ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާ، ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ އަދި މާލެ ސިޓީގެ މޭޔަރުކަންވެސް ކުރެއްވި ޚިދުމަތްތެރިޔާ މައިޒާން ޢަލިމަނިކު (މައިޒާން އަލިބެ) ގެ ލޮބުވެތި އަނބިކަނބަލުން ޢާއިޝަތު ޒަމީލް ނިޔާވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
އަދި ރައީސް ވަނީ މައިޒާން އަލިބެގެ އަނބިކަނބަލުން ނިޔާވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި މަރްޙޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުންއެދި ދުއާކުރައްވާފައެވެ.

