އދ. ދިގުރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. އެ މަސައްކަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ދިގުރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ މަޝްރޫއު ފައްޓަވައިދެއްވީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. ވަޒީރުގެ އަރިހުގައި ދަނގެތީ ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދާއި ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާންގެ އިތުރުން އެމްޓީސީސީގެ އެމްޑީ ސީޕީ ރިޓަޔާޑް އަހުމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިއެވެ.
ދިގުރަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ. މިއީ 12.86 މިލިއަން ރުފިޔާއަށް 150 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް ވެސް އެ ކުންފުނިން ވިދާޅުވެއެވެ.

