އދ. ދިގުރަށުގެ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރި އޮފީސް އިމާރާތް ހުޅުވައިފިއެވެ.
އެ ރަސްމިއްޔާތުގައި އެ ރަށުގެ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރި އޮފީސް އިމާރާތް ހުޅުވައްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ފްލޭނިން މޫސާ ޒަމީރުއެވެ. ވަޒީރުގެ އަރިހުގައި ދާއިރާގެ މެމްބަރު، އަބްދުﷲ ރަޝީދު އާއި ކައުންސިލް ރައީސް، އިބްރާހިމް އުސްމާން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ އިމާރާތް ހުޅުވައްދެއްވީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުމުގެ ތެރެއިން މިއަދު ދިގުރަށަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އަތޮޅުތަކުގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކޮށް ސިއްހީ ފަރުވާއަށް މާލެއަށް ބަރޯސާވެފައި އޮތް އިތުން ނިމުމަކަށް ގެނައުމަކީ މިސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. އެގޮތުން އެކި ރަށްތަކުގެ ސިއްހީ މަރުކަޒުތައް ތަރައްގީކުރުމާއި އެ މަރުކަޒުތަކަށް އިމާރާތްތައް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

