އދ. މާމިގިލީގައި އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް، ރަށުގައި ތިބެގެން ލިބޭނެ އިންތިޒާމުތައް މި މަސް ނިމުމުގެ ކުރިން ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އދ.ގެ ރަށްތަކަށް އެ މަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާމިގިއްޔަށް ވަޑައިގެން ރޭ ބޭއްވެވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާމިގިއްޔަކީ ތަރައްގީގެ ނާރެހެއްކަން ފާހަގަކުރައްވައި ރައީސް ވަނީ އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް، ރަށުގައި ތިބެގެން ލިބޭނެ އިންތިޒާމުތައް މި މަސް ނިމުމުގެ ކުރިން ހަމަޖެހިގެންދާނެކަން އިއުލާންކުރައްވާފައެވެ.
ރައީސް ވިދާޅުވީ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން، ދެމެހެއްޓެނިވި ތަރައްގީއަށް ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން މާމިގިލީގެ ތަރައްގީއަށްޓަކައި ކުރަމުންދާ އަދި ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެ ބައެއް މަޝްރޫއުތަކުގެ މައުލޫމާތު ރައީސް ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ މާމިގިލީގެ ތަރައްގީއަށްޓަކައި ކުރިއަށް އޮތް ތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

