ގއ. ވިލިނގިލީގައި ޤުރްއާން ސެންޓަރެއް ޢިމާރާތްކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ގއ. ވިލިނގިލީ ޤުރްއާން ސެންޓަރުގެ ނުނިމިހުރި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް 28 އޮގަސްޓް 2025 ގައި އިޢުލާން ކުރެވިފައިވާތީ އެއިޢުލާން ބާޠިލުކޮށް ޤުރްއާން ސެންޓަރެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކުރާ ކަމަށެވެ.
ވިލިނގިލީގައި ޤުރްއާން ސެންޓަރެއް ޢިމާރާތްކުރުމުގެ ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ތަކަށެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން އޮންލައިންކޮށް ރަޖިސްޓްރީކޮށް، އަންދާސީ ހިސާބު ހުށަހެޅުން އޮތީ 2025 އޮކްޓޫބަރު 16 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2025 އޮކްޓޫބަރު 12 ވާ އާދިއްތަ ދުވަހުގެ 13:00 ކުރިން tender@islamicaffairs.gov.mv އަށް އީމެއިލް ކުރެއްވުމަށް ނުވަތަ 3020252 3020261 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

