އދ. އޮމަދޫ، ކައުންސިލު އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅާއިފިއެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރްސީސީއާއެވެ.
އޮމަދޫ ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައި ދެއްވާފައި ވަނީ އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް އުމަރެވެ. އަރިހުގައި ދަނގެތި ދާއިރާގެ މެމްބަރު އަބްދުﷲ ރަޝީދު އަދި އޮމަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އޮމަދޫ، ކައުންސިލު އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެރަަށަށް ޒިޔާރަތް ކުރައްވާ ބޭއްވި ރަސްމިއަޔާތުގައެވެ.
ރަށްރަށުގައި ހުންނަ ކައުންސިލް އިމާރާތްތައް ބާވެފައި ހުރުމުން އެ ތަންތަން ޒަމާނާ އެއްގޮތަށް މަރާމާތުކުރުމަކީ ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ.

