އދ. އޮމަދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއުގެ މަސައްކަތް ފައްޓަވާ ދެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ.
މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. މަސައްކަތް ފައްޓަވާފައި ވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އޮމަދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެމްޓީސީސީން ބުނީ، އޮމަދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަކީ ސިއްހީ ހިދުމަށް ރަށުގައި ރަނގަޅު ވެގެން ދިއުން ކަމަށާއި، ސިއްހީ މަރުކަޒަށް އިތުރު ކުރެވިގެންދާ އިމާރާތުގެ މަސައްކަތް ނިމިގެން ދިއުމާއި އެކު އެރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ހޯދޭ ސިއްހީ ފަރުވާގެ ހިދުމަތްތައް އިތުރުވެގެން ދާނެ ކަމަށް އެމްޓީސީސީ އިން ދެކޭ ކަަމަށް ވަނީ ބުނެފައެވެ.
މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލު ކޮށްފައިވަނީ 12.03 މިލިއަން ރުފިއާއަށް 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

