ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ފެށުނުތާ 2 އަހަރު ފުރޭ ދުވަހާ ދިމާކޮށް، ޣައްޒާގެ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީތެރިވުމުގެ ގޮތުން ޓިކްޓޮކްގެ "ވެލާ ސިޓީ" އިން، ޒުވާނުންތަކެއް އިސްނަގައިގެން ފަންޑްރައިޒިންގ އިވެންޓެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ، މި އިވެންޓް އޮންނާނި މިރޭ 9 އެއް ޖަހާއިރު އެވެ.
ވެލާ ސިޓީއަކީ ބޭސްފަރުވާއާއި އެހެނިހެން އިންސާނީ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ޓިކްޓޮކް މެދުވެރިކޮށް ފަންޑްރައިޒިންގ އިވެންޓްތައް ބާއްވަމުންދާ، ގިނަ ޒުވާނުން ބައިވެރިވާ ނަމޫނާ ގްރޫޕެކެވެ. ރާއްޖޭގެ ޓިކްޓޮކް ޕްލެޓްފޯމްގެ ބޮޑު "ސޮސައިޓީ"އިން މީގެ ކުރިންވެސް "ފަލަސްތީނާއެކު ދިވެހިން" ތިބިކަން ހާމަކޮށްދީ، އެކި ފަހަރުމަތިން ފަންޑްރައިޒިންގ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އިޒްރޭލުގެ ލާއިންސާނީ އަނިޔާގައި ޣައްޒާގައި މިހާތަނަށް 25,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި ގާތްގަނޑަކަށް 63,000 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އދ. ގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި ޣައްޒާގެ 85% އާބާދީ ވަނީ ހިޖުރަކުރަން މަޖުބޫރުވެފައެވެ.
ދިވެހިން އަބަދުވެސް ފަލަސްތީނުގެ މައްސަލައިގައި އެ ޤައުމުގެ ރައްޔިތުންނާއެކު ވަރަށް ވަރުގަދައަށް ތިބިކަން ފާހަގަކުރެވެއެވެ. އެގޮތުން ކުރިންވެސް ޓިކްޓޮކް މެދުވެރިކޮށް ހިންގުނު ފަންޑްރައިޒިންގ ހަރަކާތްތަކުގައި ގިނަ ދިވެހިން ބައިވެރިވެ، ފާހަގަކުރެވޭ މިންވަރެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
މި އިވެންޓާ ގުޅޭ އިތުރު މަޢުލޫމާތު އަދި ބައިވެރިވުމުގެ ތަފްސީލުތައް ލިބޭ މިންވަރަކުން ހިއްސާ ކުރަމުންދާނެއެވެ.


