ހުޅުމާލޭ ރޯ ހައުސެއްގައި އިއްޔެ ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާ ވަގުތީ ހިޔާއަށް ބަދަލުނުކުރާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން މިއަދު ބުނެފިއެވެ.
ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ވިދާޅުވި ގޮތުގައި ވަގުތީ ހިޔަލަކަށް ދާން އެއާއިލާއިން ބޭނުން ނުވާތީ އެމީހުން ވަގުތީ ހިޔާއަށް ބަދަލުނުކުރެވުނީ ކަމަށާއި މިހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނީ އާއިލާތެރެއިން ކަމަށެވެ. އަދި އަލިފާނުގެ ހާދިސާ ހިނގާދިޔަ ރޯހައުސްއަށް ލިބުނު ގެއްލުން ބެލުމަށްޓަކައި އަންނަ ހަފްތާގައި އެސެސްމެންޓް ހަދަން ފަށާނެ ކަމަށް އެސެންޓަރުން ހާމަކޮށްފައިވެއެވެ.
އިއްޔެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ހިތިގަސްމަގުގެ ހަވަނަ ގޯޅީގައި ހުރި ރޯ ހައުސެއްގެ ތިން ވަނަ ފަންގިފިލައިގައި ހިނގާދިޔަ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމް.އެން.ޑީ.އެފުން ވަނީ ވިދާޅުވެފައެވެ.

