އދ. ކުނބުރުދޫގެ ސިއްޙީ ގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ. ބިންގާ އަޅުއްވައިދެއްވާ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މާލީ ކަންކަމާ ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރުއެވެ. އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ދާއިރަގެ މެންބަރު އަދި ކައުންސިލް މެންބަރުން ބައިވެރިވިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އޮމަދުއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.
މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފަވަނީ މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ. މި މަޝްރޫޢޫގެ ދަށުން އަލަށް އިތުރުކުރެވޭ އިމާރާތާއި، ގަރާޖަކާއި ވަށައިފާރު ރޭނުމުގެ މަސައްކަތް ހިމެނެއެވެ. މިއީ8.17 މިލިއަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމަން ހަމަޖެހިފައިވާ މަޝްރޫއެކެވެ.
630 މީހުންގެ އާބާދީއެއް އޮންނަ ކުނބުރުދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ނިމުމާއެކު، އެރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ހޯދޭ ޞިއްޙީ ފަރުވާގެ ޚިދުމަތްތައް އިތުރަށް ތަރައްޤީވެގެން ދާނެއެވެ.

