ވޭތުތުވެދިޔަ 24 އަހަރު ދުވަހުގެ ތެރޭގައި 81 ރަށުގައި އޭޓީއެމްގެ ހިދުމަތް ގާއިމް ކުރެވުނުއިރު، މި ސަރުކާރުން 8 މަސް ދުވަހުގެ ތެރޭގައި 95 އޭޓީއެމްގެ އެކި ރަށްރަށުގައި ފަށައިފިއެވެ.
އޭޓީއެމް ޤާއިމްކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު، މިއީ ކުރީ ސަރުކާރުތަކުން އިސްކަމެއް ދިން ޚިދުމަތެއް ނޫންކަން ތަފާސްހިސާބުތަކުން ފާހަގަކުރެވެއެވެ. އެގޮތުން 2000ވަނަ އަހަރުން ފެށިގެން މި ވޭތުވެދިޔަ 24 އަހަރުތެރޭގައި މާލެ ފިޔަވައި އޭޓީއެމް ޚިދުމަތް ގާއިމްކުރެވިފައިވަނީ 81 ރަށުގައެވެ. މިއަދު މާންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށާފައިވާއިރު، މިއީ މިއަހަރުތެރޭ މި ޚިދުމަތް ފެށި 95 ވަނަ ރަށެވެ. އަދި މިއީ ބީއެމްއެލްގެ 250 ވަނަ އޭޓީއެމްއެވެ.
މިހާރު އޭޓީއެމް ޚިދުމަތް ނުލިބެނީ މީހުން ދިރިއުޅޭ އެންމެ 10 ރަށަށެވެ. އެއީ ލ. އަތޮޅުގެ 7 ރަށާއި، ޅ. އަތޮޅުގެ 1 ރަށާއި، އައްޑޫ ސިޓީގެ 2 ރަށެވެ.
ބީއެމްއެލްގެ އޭޓީއެމް ވިއުގައިން މާލޭގައި ދުވާލަކު 14،000 ޓްރާންސެކްޝަން ހަދައި 78 މިލިޔަން ރުފިޔާ ދައުރުކުރާ ކަމަށް ތަފާސްްހިސާބުން ދައްކައެވެ.

