އެނީމިއާ އަކީ ހަށިގަނޑުގެ ޓިޝޫތަކަށް އޮކްސިޖަން ގެންދިއުމަށް ބޭނުންވާ ވަރަށް ރަތް ލޭގެ ސެލް ނުވަތަ ހިމޮގްލޮބިން ނުލިބުމުގެ ސަބަބުން ދިމާވާ ސިއްޙީ މައްސަލައެކެވެ. މި ބަލީގެ ސަބަބުން ވަރުބަލިކަމާއި، ބަލިކަށިވުމާއި، ނޭވާލާން އުނދަގޫވުން ފަދަ އެތައް މައްސަލަތަކެއް ކުރިމަތިވެއެވެ.
ފުރަމޭގެ ސަރުބީ އަދި އެނީމިއާގެ ގުޅުން
ފުރަމޭގެ ސިރޯސިސް ފަދަ ބަލިތައް ހުންނަ މީހުންގެ ތެރޭގައި އެނީމިއާ އަކީ ވަރަށް އާންމު ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ލިވަރ ސިރޯސިސް ހުންނަ މީހުންގެ ތެރެއިން 66-75 ޕަސެންޓް މީހުންނަށް ވަކި ހިސާބަކުން އެނީމިއާ ޖެހެއެވެ.
މި ބަލިތަކުން ރައްކާތެރިވުމަށް ތައްޔާރުކުރެވޭ ޚާއްޞަ ބީޓްރޫޓް ޖޫހެއްގެ ތަފްޞީލް ތިރީގައި މިވަނީއެވެ.
ބޭނުންވާ ތަކެތި:
- 1/2 ބީޓްރޫޓް
- 1 އާފަލު
- 1 ސެލެރީ
- 3 އޮރެންޖުގެ ޖޫސް (ނުވަތަ 2 ލުނބޯގެ ޖޫސް)
- 1 ސަމުސާ މާމުއި (އޮޕްޝަނަލް)
ތައްޔާރުކުރާނެ ގޮތް:
ބީޓްރޫޓް، އާފަލު އަދި ސެލެރީ ކޮށާލުމަށްފަހު މިކްސްޗަރަށް އަޅައި، އޮރެންޖު ޖޫހާއި އެއްތަށި ފެން އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ބޭނުންނަމަ މާމުއި އިތުރުކުރެވިދާނެއެވެ.
މި ބުއިން ހަފުތާއެއްވަންދެން ކޮންމެ ހެނދުނަކު ބޭނުންކުރުމުން ލޭގެ ޕްރެޝަރ ހަމަޖެހި، ރަތް ލޭ ސެލްތައް އުފެއްދުމަށް މަގުފަހިވެ، އެނީމިއާއިން ރައްކާތެރި ވެވޭނެއެވެ. އަދި ހަމައެހެންމެ ފުރަމޭގެ ސަރުބީން ވެސް ރައްކާތެރި ވެވޭނެއެވެ.
ނަމަވެސް، ކޮންމެ ސިއްޙީ މައްސަލައެއްގައިވެސް އެންމެ ފުރަތަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. މި ގުދުރަތީ ބުއިމަކީ ޑޮކްޓަރީ ފަރުވާއާއެކު ބޭނުންކުރެވިދާނެ އިތުރު ފަރުވާއެއްގެ ގޮތުގައި ދެކެވިދާނެއެވެ.


