ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ސެޕްޓެމްބަރުމަހުގެ ނިޔަލަށް 14700 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖުމްލަ 6193 އަންހެނުންނާއި، 8597 ފިރިހެނުން ހިމެނެއެވެ.
ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 18 އަހަރުން ދަށުގެ ޖުމްލަ 4950 ކުދިން ވަނީ ރަޖިސްޓްރީވެފައެވެ. އޭގެތެރޭގައި ހިމެނެނީ 1490 އަންހެން ކުދިންނާއި، 3469 ފިރިހެން ކުދިންނެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި، 18 އަހަރާއި، 64 އަހަރާ ދެމެދުގެ ޖުމްލަ 7526 މީހުން ރަޖިސްޓްރީވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ، 3648 އަންހެނުންނާއި، 3878 ފިރިހެނުންނެވެ. 65 އަހަރުން މަތީގެ ޖުމްލް 6193 އަންހެނުންނާއި، 8597 ފިރިހެނުން ރަޖިސްޓްރީވެފައިވާއިރު، ސެޕްޓެމްބަރު މަހުގެ ނިޔަލަށް މި މުއްދަތުގައި 65 އަހަރުން މަތީގެ 2305 މީހުން ވަނީ ރަޖިސްޓްރީވެފައެވެ.

