ޕީކް ސީޒަނަށް ތައްޔާރުވުމަށް، ވ. ފުލިދޫއަށް 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރު ސެޓެއް ގެންގޮސް ކޮމިޝަންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސްޓެލްކޯއިން އިން ބުނެފިއެވެ. ސްޓެލްކޯއިން މިކަން ހާމަކޮށްފައިވަނީ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
ސްޓެލްކޯއިން ބުނީ ޕީކް ސީޒަނަށް ތައްޔާރުވުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލިދޫއަށް 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރު ސެޓެއް ގެންގޮސްފައިވާ ކަމަށާއި، އަދި މިހާރު ކުރިއަށް ދަނީ އެ ޖެނަރޭޓަރު ކޮމިޝަންކުރުމުގެ މަސައްކަތް ކަމަށެވެ.
ސްޓެލްކޯއިން ބުނީ މިއީ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެކުންފުނިން ކުރަމުންދާ މަސައްކަތެއް ކަމަށާއި، އާ ޖަނެރޭޓަރު ސެޓާ އެކު ފުލިދޫގެ ޖެނެރޭޝަން ކެޕޭސިޓީ 940 ކިލޯވޮޓް އިން 1340 ކިލޯވޮޓަށް އިތުރުވާނެއެވެ.
ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން އަންނަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން އާ ޖަނަރޭޓަރު ބޭނުންވާ ރަށްތަކަށް ޖަނަރޭޓަރު ފޮނުވައި މަރާމާތުކުރަންޖެހޭ ޖަނަރޭޓަރު ސެޓްތައް މަރާމާތުކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 24 ގަޑި އިރު، މެދުކެޑުމެއް ނެތި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

