މާދަމާ ހެނދުނު ހެންވޭރާއި މާފަންނުގެ ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެން ވާކަމެއް ކަމަށް “ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް” ސްޓެލްކޯއިން ބުނެފިއެވެ.
ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، ހެންވޭރު އަދި މާފަންނުންގެ ސަރަހައްދުތަކުން ވަގުތުކޮޅަކަށް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނީ މާދަމާ ހެނދުނު 6:00 އިން 6:30 އާއި ދެމެދުގެ ވަގުތުގައި ކަމަށެވެ. އަދި މިކަމަށްޓަކާ ދިމާވެދާނެ ދަތިތަކަށްޓަކާ ސްޓެލްކޯއިން މާފަށްއެދެއެވެ.
ސްޓެލްކޯއިން އަންނަނީ ލޯޑް ޝެޑް ނުވަތަ ކަރަންޓު ކެނޑުމުގެ ކުރިން އެސް.އެމް.އެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު މެދުކެނޑޭނެ ވަގުތުތަކާއި ސަރަޙައްދުތައް ދުރާލާ ދަނީ އަންގަމުންނެވެ.

