ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ “އަމާން އުދަރެސް” ފްލެޓްތައް ދޫކޮށް، ނުނިމެނީސް ފްލެޓެއް ކުއްޔަށް ދޭން އައިބޭގައި ޖަހައިފިއެވެ.
އެ ފްލެޓްތަކުގެ ބައެއް އެޕާޓްމަންޓްތައް ލިބުނު ބައެއް ފަރާތްތަކުން ވަނީ މީސްމީޑިއާގެ ބައެއް ޕޭޖްތަކުގައި 3 ކޮޓަރި ހިމެނޭ އެޕާޓްމަންޓެއް 25،000 ރުފިޔާއަށް ކުއްޔަށް ދިނުމަށް ޖަހާފައިވެއެވެ.
މިކަމާއި ގުޅިގެން މީހަކު ވަނީ ޝޯސަލް މީޑިއާގައި ޕޯސްޓެއް ވެސް ހިއްސާކޮށްފައެވެ. އެގޮތުން އެ ސްކީމްތަކުގެ ނާޖާއިޒު ފައިދާ ބައެއް މީހުން ނަގާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އަދި ވަރަށް ގިނަ އާންމުން ވަނީ އެގޮތަށް ފްލެޓް ކުއްޔަށްދޭން ޕޯސްޓު ޖެހުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

