“އެމްއެސްއެމްއީ އެވޯޑްސް 2025” އަށް ފޯމު ހުށަހެޅުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)ން އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާބެހޭ ވުޒާރާއާ ގުޅިގެން ކުރިޔަށްގެންދާ އެވޯޑެކެވެ.
އެންމެ ފުރަތަމަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުގެ 23:59 އާ ހަމައަށް މި އެވޯޑަށް ފޯމު ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފައިވާއިރު، މިހާރުވަނީ މިއަދުގެ 14:00 އަށް އިތުރުކޮށްފައިވާ ކަމަށް ބިޒްނަސް ސެންޓަރު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެވޯޑަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ބީސީސީން އެކަމަށް ޓަކައި ހާއްސަ ކޮށްފައިވާ އޮންލައިން ޕޯޓަލް (https://msme.bcc.mv) މެދުވެރިކޮށެވެ.
މި އެވޯޑަކީ ވިޔަފާރީގެ ރޮނގުން ހާއްސަ ކާމިޔާބީތައް ހޯދާ ފަރާތްތައް ފާހަގަކުރުމަށްޓަކައި، އަހަރަކު އެއް ފަހަރު ބީސީސީން ދިނުމަށް ހަމަޖެހިފައިވާ ހާއްސަ އެވޯޑެކެވެ.

