މިދިޔަ އަހަރު ރާއްޖޭގައި 24 ޙާފިޒުން ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާއިރު އަންނަ އަހަރު މިޢަދަދު 50 ޙާފިޒުންނަށް އިތުރުކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގައި 24 ޙާފިޒުން ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާއިރު އަންނަ އަހަރު މިޢަދަދު 50 ޙާފިޒުންނަށް އިތުރުކުރެވޭނެކަމަށާއި، ސަރުކާރުގެ އަމާޒަކީ މިދައުރު ނިމިގެންދާއިރު ޤުރުއާން ހިތުދަސް 500 ޙާފިޒުން އަދި 1000 ޒުވާން ޚަޠީބުން ތަމްރީނުކޮށް އެއީ 900 އަހަރުގެ ދިވެހި އިސްލާމީ ތާރީޚަށް ހެދުންކަމަށެވެ.
ވަޒީރު ވިދާޅުވީ މިއާއެކު ކުރިއަށް އޮތް ޤަރުނުގެ ތެރޭގައި ރާއްޖޭގައި އިސްލާމީ ވަޙުދަތު ފުޅާކުރުމަށް ހިތްވަރާއެކު މަސައްކަތްކުރާނެ ވަރުގަދަ ލީޑަރޝިޕެއް ބިނާކުރެވޭނެކަމަށެވެ.

