ނ. މަނަދޫގައި އިމާރާތްކުރަމުންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ބުނެފިއެވެ.
ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ އެ މަޝްރޫގެ ފުރާޅުގެ ބީމްތަކުގެ ފޯމްވޯކާއި ރީބާގެ މަސައްކަތް ކަމަށް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ނ. މަނަދޫގައި އިމާރާތްކުރަމުންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދަނީ… ފޮޓޯ: އެމްޓީސީސީ
މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ މިއަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ކެބިނެޓުގެ އެހެން ވަޒީރުންނާއި، އެ ރަށު ކައުންސިލްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

