13 އަތޮޅެއް ހިމެނޭހެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ. ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 9:00 އިން ފެށިގެން މެނދުރުފަހު 3:00 އާއި ހަމައަށެވެ.
ކ. އަތޮޅުން ފެށިގެން އައްޑޫސިޓީ ދެމެދު ސަރަހައްދަކަށް ހުދުސަމާލު ނެރެފައިވާއިރު، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މިވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްތަކެއް ކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން އަދި އެހެން ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ، ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން ކުރާ ވިއްސާރައެއްކަމަށް ކަމަށާއި، މިއަދުން ފެށިގެން މި އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

