ގދ. ފިޔޯރީ ބަނދަރު ފުންކުރުމުގެ 51 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނީ ކުއޭ ވޯލް ހަރުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
އެމްޓީސީސީން މިހާރު ކުރިއަށް ދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތުގެ 51 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އެ މަޝްރޫއުގެ ދަށުން ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 26,750 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބާ ބޭސިން ފުންކުރުމާއި 18,300 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ.

ގދ. ފިޔޯރީ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ ތެރެއިން… ފޮޓޯ: އެމްޓީސީސީ
މީގެ އިތުރުން 155 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 281 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 166 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުން ހިމެނެއެވެ.
މިދިޔަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި އެ މަޝްރޫއަށް 38.9 މިލިއަން ރުފިޔާ ހަރަދުވެއެވެ.

