ޅުމާލޭގައި ހުންނަ “އޮޅު ހިޔާ” ގައި ބަލަހައްޓަމުންދާ ބުޅާތަކަށް ބޭނުންވާ ކާނާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ އިޢުލާންކޮށްފައެވެ.
މިނިސްޓްރީން މިކަމާ ގުޅޭގޮތުން ދީފައިވާ މަޢުލޫމާތުގައި، ކެޓް ފުޑްގެ އިތުރުން ކެޓް ލިޓާ ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މި މަސައްކަތާ ގުޅޭ މަޢުލޫމާތު ސެޝަނެއް އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ގައި މިނިސްޓްރީގެ ސްޓާ ކްލައުޑްސް ބިލްޑިންގުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މި އިޢުލާން ކުރެވިފައިވަނީ ދާދި ފަހުން “އޮޅު ހިޔާ” ގައި ބަލަހައްޓަމުންދާ ބުޅާތަކުގެ މެދުގައި ބައްޔެއް ފެތުރި، މަހެއްހާ ދުވަހުގެ ތެރޭގައި 50 އަށްވުރެ ގިނަ ބުޅާ މަރުވެފައިވާ ކަމަށް ޖަމްޢިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
“އޮޅު ހިޔާ” އަކީ މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ އަދަދު އިތުރުވެ، އެކަމުގެ ސަބަބުން ދިމާވަމުންދިޔα ތަފާތު މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ޤާއިމްކުރެވުނު މަރުކަޒެކެވެ. މި މަރުކަޒުގައި ބަލަހައްޓަމުންދާ ބުޅާތަކަށް އެކަށީގެންވާ ފަރުވާއާއި ކާނާ ފޯރުކޮށްދިނުމަކީ މިނިސްޓްރީގެ އިސް އަމާޒެއް ކަމުގައި ވެއެވެ.

