"އިސްދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް" އައިޖީއެމްއެޗްގައި ކަކުލުގެ ސަރޖަރީ، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދަން ފަށައިފިއެވެ.
އައިޖީއެމްއެޗްގެ އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖެރީ ޑިޕާޓްމަންޓްގެ ޚިދުމަތްތައް ފުޅާކުރުމާއި، އިތުރަށް ފުރިހަމަކުރުމުގެ ގޮތުން މިހާރު އެންމެފަހުގެ އެޑްވާންސް ޓެކޮނޮލޮޖީ (އޯލް އިން ވަން ހަތަރުގުނަ ސާފުކޮށްފެންނަ 4k ) އާރތްރޮސްކޮޕީ ޓަވަރު ބެނުންކުރަން ފަށާފައިވާ ކަމަށް އައިޖީއެމްއެހުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗްގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރިޔަށްދިޔަ ކަކުލު ހުޅުގެ ސަރޖަރީއެއްގެ ތެރެއިން… ފޮޓޯ: އައިޖީއެމްއެޗް
އެ ހޮސްޕިޓަލުން ބުނީ މިސިސްޓަމާއެކު ފަސެހައިން ބަލި ދެނެގަނެވި، ސްޕޯޓްސް އިންޖެރީއަށް ފަރުވާކުރުމުގައި މޮޑަން މެތަޑްސް ބެނުންކުރެވޭނެ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ ކަކުލު ހުޅުގެ ލިގަމެންޓާއި ކަކުލުގައި ހިމެނޭ މުހިއްމު ފަށަލަތައް އަނިޔާގެ ސަބަބުން ހަލާކުވެ، ސަރޖަރީއަށް އެދި ތިބި ގިނަ ބަޔަކު އެ ހޮސްޕިޓަލްގައި އެބަތިބިކަމަށެވެ. އެހެންކަމުން އަލަށް ގެނެވުނު މެޝިނާއެކު ކުޑަ ކެމެރާއެއް ކަކުލަށް ލައްވައިގެން އަނިޔާވެފައިވާ މިންވަރު ދެނެގަތުން ނުވަތަ ޑައިގްނޯސްކުރަން ފަސޭހަވެގެންދާ ކަމަށެވެ.
ރާއްޖޭގައި އެންމެ ގިނަ ބަޔަކަށް ކުރިމަތިލާންޖެހޭ އަނިޔާއަކީ ކަކުލު ހުޅަށް ލިބޭ އަނިޔާއެވެ. ޚާއްސަކޮށް ކުޅިވަރުގެ ދާއިރާގައި އުޅޭ ފަރާތްތަކާއި، ސްޕީޑު ބޯޓުގައި ގިނަ ދަތުރުކުރާ ފަރާތްތަކަށް މިމައްސަލަ ކުރިމަތިވެއެވެ.

