ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލ. މާވަށުގައި ދެމުން އަންނަ ހިދުމަތްތައް ފުޅާކުރުމަށް، ބީއެމްއެލް ބްރާންޗުގެ ބިންގާ އަޅައިފިއެވެ.
މި ބުރާންޗްގެ ބިންގާ އަޅާފައިވަނީ ލ. އަތޮޅު މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އެ އަތޮޅު މާވަށަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މާޥަށު ބްރާންޗްގެ ބިންގާ އަޅުއްވައި ދެއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރެވެ. އެމަނިކުފާނުގެ އަރިހުގައި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަހަރު މިހާތަނަށް 95 ރަށުގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ވަނީ ގާއިމުކޮށްދީފައެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރު ވަނީ ބީއެމްއެލްގެ 250 އޭޓީއެމް ބަހައްޓައިފައެވެ.
ބީއެމްއެލްގެ އަމާޒަކީ ކުރިޔަށް އޮތް 20 ދުވަސްތެރޭ މުޅި ޕްރޮޖެކްޓު އެއްކޮށް ނިންމާލާ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމެވެ.

