ލ. ހިތަދޫ އައިސްޕްލާންޓް އެޅުމަށް މިފްކޯއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ފައްޓަވާފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ލ. އަތޮޅަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިތަދޫއަށް ވަޑައިގެން ބޭއްވެވި ޖަލްސާއެއްގައެވެ.
ހިތަދޫ އައިސްޕްލާންޓް މަޝްރޫއުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ތަނުގެ ޕްރޮޖެކްޓްސް ޔުނިޓްގެ މެނޭޖަރު މުހައްމަދު ޝަމީމްއެވެ.
ރައީސް ވިދާޅުވީ މިއަދު ހިތަދޫގައި ބިންގާ އަޅައިގެން ފެށި މަޝްރޫއުތަކާއި ސޮއިކުރެވިގެން ދިޔަ މަޝްރޫއުތައް ފުރިހަމަކަމާއެކު، ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް ނިންމާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އައިސްޕްލާންޓްގެ މަސައްކަތް ވެސް ސަރުކާރުން ބާރު ސްޕީޑުގައި ނިންމަވާނެ ކަމަށެވެ.

