ލ. މާމެންދޫ ބަނދަރު ތަރައްގީކުރުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު “މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ” އެމްޓީސީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ލ. އަތޮޅުގެ ރަށްތަކަށް ފެއްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާމެންދޫއަށް ވަޑައިގެންނެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީއެވެ.
ރައީސް ވިދާޅުވީ މާމެންދޫގައި 21 ހެކްޓަރުގެ ބިން އިތުރުކުރުމަށް ހަވާލުކުރީ ބިން ފުރިފައިވާ އެ ރަށުގައި އިތުރަށް ބިން ލިބިގެން ނޫނީ ތަރައްގީގެ ކަންކަމަށް މަގުފަހި ނުވާނެތީ ކަމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި އައު ބަނދަރުގެ މަޝްރޫއު ކުރިއަށްދާއިރު މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރައްވާނެ ކަމަށެވެ.

