ތިނަދޫ ސިޓީގައި ހިންގާ ތިބިޔާން ޕްރީސްކޫލް އިން 2026 ވަނަ އަހަރުގެ ދިރާސީ އަހަރަށް އެޑްމިޝަން މިހާރު ވަނީ ހުޅުވާލާފައެވެ އެގޮތުން މި އާ ދިރާސީ އަހަރުގައި އަލަށް ތަޢާރަފް ކުރެވޭ ޕްލޭސްކޫލު ކްލާސްތަކުގެ އިތުރުން ބޭބީ ނާސަރީ، ނާސަރީ ، އެލްކޭޖީ އަދި ޔޫކޭޖީ އަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަލަށް ހުޅުވާލެވޭ ޕްލޭސްކޫލްއަށް 18 މަހުން ފެށިގެން ބައިވެރިވެވޭނެވެ.
ތިބިޔާން ޕްރީސްކޫލަކީ 2018 އަހަރުންފެށިގެން ޕްރީ ސްކޫލުގެ ޙިދުމާތް ދެމެން އަންނަ ތަނެކެވެ. މި ސްކޫލުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ކުދިންވަނީ ތަޢްލީމު ހާސިލްކޮށްފައެވެ. މި ސްކޫލުގައި ތަފާތު ހަތް މާއްދާއެއް ކިޔަވައިދެއެވެ. ޤުރުއާން، ޢަރަބި ބަސް، އިސްލާމް، ދިވެހި، އިނގިރޭސި، ހިސާބު އަދި ސެޓް މި މާއްދާ ހިމެނެއެވެ. ސެޓް SET)) އެއީ ސައިންސް، އެންވަޔަރމަންޓް، ޓެކްނޮލޮޖީ ގެ އެކި ބައިތައް ހިމަނައިގެން އުފައްދާފައިވާ މާއްދާއެކެވެ. މުޅި ދުވަހުގައި ބޭނުންވާ މުހިންމު ދުޢާތައް އިސްލާމް މާއްދާގެ ދަށުން ދަސްކޮށްދެވޭވެނެވެ. މީގެ އިތުރުން ޤުރުއާން މާއްދާގައި ވޮށުފިލާއެޅުމަކީ މި ސުކޫލުގެ ވަރަށް ޙާއްޞައެއްކަމެވެ. ފޮށުފިލާ ގަޑި ނަގައި ދެނީ ޤުރުއާން ކިޔަވައި ދިނުމުގައި ވަރަށް ތަޖުރިބާ ހުރި ޤާބިލު ޓީޗަރުންނެވެ. ތިބިޔާން ސްކޫލުން ދަސްވެނިވެ ނިންމާ ހުރިހާ ކުދިންނަކީ އަބަދުވެސް ޤުރުއާން ރަނގަޅަށް ކިޔަން އެގޭ ކުދިންނަށް ހެދުމަކީ ފެށުނީއްސުރެ ދަމަހައްޓަން ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމެކެވެ. މީގެ އިތުރުން ކޮންމެ ދުވަހަކުވެސް ކުދިންނަށް ދުވެ ހަރަކާތްތެރި ވުމަށް ޕްލޭ ޓައިމެއް ޓައިމްޓޭބަލްގައި ހިމެނިފައިވާނެއެވެ.

ތިބްޔާން ސްކޫލަކީ ޖާގައިގެ ގޮތުން ތަނަވަސް، ޕްރީ ސްކޫލް ޢުމުރުފުރާ ކުދިންނަށް އުފަލާއި، މަޖަލާ އެކު ހަރަކާތްތެރިވެ އުޅެވޭނެ ހަތްގައިމު ތަނެކެވެ. ކްލާސްރޫމަކީ ތަނަވަސް އަދި ޓީވީފަދަ އިކިއުޕްމަންޓްތަކާއެކު ހެދިފައިވާ ކްލާސްރޫމްތަކެކެވެ. އަދި ޕްލޭގަރައުންޑްގައި ކުދިން ކުޅެ ހެދުމަށް ޓްރެމްޕޮލިން ފަދަ އިކިއުޕްމަންޓްތައް ޤާއިމްކޮށްފައިވެއެވެ.
ސްކޫލު އެކްޓިވިޓީ ކަލަންޑަރުގައި ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ދިވެހި އަދަބީ ހަފްތާ، އިންގްލިޝް ވީކް، އެކި ވަޒީފާތައް ދަސްކޮށްދިނުމަށް ބޭއްވޭ ހަރަކާތް، ބޭބީ ކްލަބް ކުދިންގެ ބީޗް ޑޭ، ކޮމިއުނިޓީ ޑޭ، ސްޕޯރޓްސް މީޓް އަދި ޤުރުއާން މުބާރާތް ވެސް ހިމެނެއެވެ. މީގެ އިތުރުން އެކި ފިލާވާޅުތަކާއި ގުޅިގެން އެކި ތަންތަނަށް ޒިޔާރަތް ކުރުމާއި ފަންނީ އެކި ފަރާތްތަކުން ސްކޫލަށް ވަޑައިގެން އެކި ޝެޝަންތައް ކުރިއަށް ގެންދިޔުންވެސް ހިމެނިފައި ވެއެވެ.
ތިބްޔާން ޕްރީ ސްކޫލްގައި ކިޔަވައި ދިނުމުގައި އިސްކޮށް ތައްބަވަނީ އާރލީ ޗައިލްޑްހުޑް ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކޮށްފައިވާ، މި ދާއިރާގައި ގިނަ ދުވަހު މަސައްކަތްކޮށް ތަޖުރިބާކާރު، ޤާބިލު މުދައްރިސުންތަކެކެވެ.
ތިބިޔާން ސްކޫލާއި ބެހޭ މަޢްލޫމާތު ސްކޫލް ވެބްސައިޓް www.tibyan.mv އަދި ސްކޫލުގެ ސޯޝަލް މީޑިއާ ހެންޑުލް ތަކުން ލިބިލައްވާނެއެވެ. އަދި ސްކޫލުގެ ފޯންނަންބަރު 7259090 އިންވެސް ލިބިލައްވާނެއެވެ. އަދި ސްކޫލް އެޑްމިޝަންފޯމް ވެބްސައިޓް އިން ލިބިލައްވާނެއެވެ.

