މާލޭގެ ހިތަށް ފިނިވާ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ، އެމަގުގައި ހުރި ދަ ކުލްނިކް ނަމަކަށް ކިޔާ ފާމަސީއެއްގެ ބިއްލޫރިގަނޑުގައި ޖެހި މިއަދު އެކްސިޑެންޓުވެއްޖެއެވެ. މި އެކްސިޑެންޓްގައި ފާމަސީގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފައެވެ.
މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 13:04 އެހާކަށްހާއިރުގައި ކަމަށް އެ ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގައި ބިއްލޫރިގަނޑުގައި ޖެހުނު ސައިކަލު ދުއްވި މީހާގެ އިނގިލި ކަނޑައިގެން ގޮސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެކަމަކު، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއްވެފައިނުވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ މިހާތަނުން ބެލިބެލުމުން މި އެކްސިޑެންޓު ހިނގަން މެދުވެރިވީ އެ ސައިކަލު އިތުރު ސައިކަލެއްގައި ޖެހި އެކްސިޓެންޑު ވުމުން މަޑު ކުރަން އުޅުމުގެ ތެރޭގައި މުއްގަނޑަށް ހިފާލެވި ކޮންޓްރޯލް ނުވެގެން ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

