ރާއްޖޭގެ އެންމެ ބޮޑު ދުވުންކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) މިއަދު ފަށައިފިއެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިޔަށްދާ މި ރޭހުގެ އެކި ދުވުންތަކުގައި ޖުމްލަ 4،500 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވެއެވެ.
މި ރޭހުގައި ރާއްޖެ އާއި ބޭރުގެ އެކި ގައުމުތަކުގެ ދުވުންތެރިން ހިމެނެއެވެ. ޑީއެމްއާރްއާރް އަކީ ވޯލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކުއެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް(އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.
ރޭ ދަންވަރު ކުރިއަށް ގެންގޮސްފައި ވަނީ ހާފް މެރެތަނެވެ. މި ދުވުން 2:30 ގައި ފެށިއިރު، ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވިއެވެ. އޭގެ ފަހުން ފަތިހު 5:30 ގައި 10 ކިލޯ މީޓަރުގެ ދުވުން ކުރިއަށް ގެންގޮސްފައި ވެއެވެ. މީގެ އިތުރުން މިއަދު ހަވީރު 4:30ގައި ފަސް ކިލޯ މީޓަރުގެ ދުވުން ކުރިއަށް ގެންދާނެއެވެ.

ރާގު މޯލްޑިވްސް ރޯޑް ރޭސް ގެ ތެރެއިން … ފޮޓޯ: ދިރާގު
ޑީއެމްއާރްއާރް 2025 އަކީ ވެސް ދިރާގުގެ ސީއެސްއާރްޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ.
ދިރާގުން މި އަހަރުގެ އިވެންޓުގައި އެންޑޯޒްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާއަކަށް، އެ ފަރާތްތަކުގެ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 200،000 ރުފިޔާ ގެ ފައިސާގެ އެހީތެރިކަން ދިރާގުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

