“މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025” ގެ ނޮމިނޭޝަންތައް އިޢުލާންކޮށްފިއެވެ. މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑަކީ އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.
މިއީ ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދެވިގެންދާ އެވޯޑެކެވެ.
ތަފާތު 11 ގިންތިއަކަށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވާ މި ބައިގައި ހަތް ދާއިރާއަކުން ވާދަކުރާ ވިޔަފާރިތައް ވަނީ ކަނޑައަޅައިފައެވެ.
އެސްއެމްއެސް މެދުވެރިކޮށް ވޯޓު ލުމަށް ހުޅުވާލާފައިވާ ދާއިރާތައް
1. ކާބޯތަކެތި އުފެއްދުމުގެ ދާއިރާ
ހ. މައި ކޭކްސް އެންޑް ސްވީޓްސް
ށ. ޕަލާޓޯ
ނ. ފުޑީސް
ރ. ބާބާ ކާޑިޔާ
ބ. މެރާކީ
2. ލައިފް ސްޓައިލް ބްރޭންޑް
ހ. ޓްރޮޕިކަލް ޑިޒައިންސް
ށ. ޝޮޕް އެޓް މަރީ
ނ. އައިލެންޑް ޓަޗް މޯލްޑިވްސް
ރ. ޓޮޑީ
ބ. ބަސްކް
3. އަންނައުނު ފަރުމާ ކުރުމާއި ފެޝަންގެ ދާއިރާ
ހ. ފާތިމާ
ށ. ލައިބާ
ނ. ލިންކޯ
ރ. މުނިކާ
ބ. ފަލަކް
4. މުނިފޫހިފިލުވުމުގެ ދާއިރާ
ހ. ޑިޓިއުން ބޭންޑް
ށ. ސާދަތިރީސްއަށެއް
5. ކުރެހުމާއި އަތްތެރި މަސައްކަތުގެ ދާއިރާ
ހ. އޮއެވާލި އާޓް ޝޮޕް
ށ. ބައިބީޒް
ނ. މެކްރަމާ
ރ. ލެވެލިއަރ
ބ. އަބުޑީ މޯލްޑިވްސް
6. ފޮޓޯގްރެފީގެ ދާއިރާ
ހ. އައިކެންޑީ
ށ. ލައިޓްސް އައުޓް
ނ. ސާރިމް ފޮޓޯސް
7. އެންމެ މަޤުބޫލު މާކެޓިންގ ފަރމް
ހ. ލޫޕް ކްރާފްޓް
ށ. ޕަބްލިސިޓީ ބިޔުރޯ
ނ. އޯޕަން ސްކައި ގްރޫޕް
ދާއިރާތަކަށް ވޯޓުދިނުމަށް އެސްއެމްއެސް ކުރުމުގެ ސުންގަޑިއަކީ 3 ނޮވެމްބަރ 2025 ވާ ހޯމަ ދުވަހުގެރޭ 12:00 އެވެ.

