ނޭޕާލް އަންހެނަކު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދާ މި އަންހެން މީހާ އަކީ 19 އަހަރުގެ ޕޫރްނީމާ ގަޖްމަރ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ޕޫރްނީމާ ގަޖްމަރ ގެއްލިފައިވާކަމަށް ރިޕޯޓްކޮށްފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުގެ އިރުއެރި 06:56 ހާއިރުގައެވެ. އެ ރިޕޯޓު ކޮށްފައިވަނީ އޮކްޓޯބަރ 21 ވަނަ ދުވަހުގެ މެންދުރު 2:00 އެހައިކަންހާއިރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާކަމަށް ބުނެއެެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅުނު ހިސާބުން ފެށިގެން، ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް ހަބަރު ދިނުމުގެ އިތުރުން، އޭނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ނަމަވެސް މިހާތަނަށް އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް، ނުވަތަ އުޅޭ ތަނެއް ހޯދިފައިނުވާކަމަށް ފުލުހުން ހާމަކުރެއެވެ. އެހެންކަމުން ހޯދުމުގެ މަސައްކަތް ވަރުގަދަ ކުރުމަށްޓަކައި އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިފައިވެއެވެ.
ޕޫރްނީމާ ގަޖްމަރ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، އެ މައުލޫމާތެއް ލަސްނުކޮށް ފުލުހުންނާ ހިއްސާކުރުމަށް ވަރަށް ބޮޑަށް އެދިފައިވެއެވެ. މައުލޫމާތު ހިއްސާކުރެއްވުމަށް މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. ފުލުހުން ބުނެފައިވަނީ އޭނާގެ ހަބަރެއް ލިބިއްޖެނަމަ އެކަން އާންމުންނަށް ހާމަކުރާނެ ކަމަށެވެ.

