ކ. ދިއްފުށީ އިންޖީނުގޭގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހުޅުވައިދެއްވައިފިއެވެ. މި އިމާރާތް ހުޅުއްވާދެއްވީ، ރައީސުް މާލެ އަތޮޅުގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ދިއްފުއްޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި "ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް" ސްޓެލްކޯގެ އައު އިންޖީނުގެ ހުޅުއްވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި، ތުލުސްދޫ ދާއިރާގެ މެމްބަރު އަދިި އެރަށު ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގަތެވެ.

ކ. ދިއްފުށީ އިންޖީނުގޭގެ އައު އިމާރާތް… ފޮޓޯ: ސްޓެލްކޯ
މި މަޝްރޫޢު މަސައްކަތް ހަވާލުކޮށްފައިވަނީ ސަންވިލް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ އަގަކީ 12.5 މިލިޔަން ރުފިޔާއެވެ. ދިއްފުށީގެ ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 2.2 މެގަވޮޓެވެ. ނަަމަވެސް އައު އިންޖީނުގޭގެ އިންސްޓޯލަބަލް ކެޕޭސިޓީއަކީ 7 މެގަވޮޓްކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ މަސައްކަތް 26 ޖޫން 2024 ގައި ފަށައިފާވާއިރު މިއަހަރުގެ އެޕްރީލްމަހު 30 ގައި މަސައްކަތް ވަނީ ނިންމާފަައެވެ.

