ކ. ދިއްފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ. މި ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. ދިއްފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
"މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ" އެމްޓީސީސީއާ ހަވާލުކުރައްވައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫއެކެވެ.
މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ ރިޓަޔަރޑް އަޙްމަދު ސައުދީގެ އިތުރުން އެ ދާއިރާގެ މަޖިލިސް މެންބަރާއި އެ ރަށު ކައުންސިލް ރައީސެވެ.
ކޮންމެ ރަށެއްގައިވެސް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކޮށް، ރައްޔިތުންނަށް ވީ އެންމެ އަވަހަކަށް އެތަންތަނުގައި އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.

