“ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް” ވީއައިއޭއިން ރުފިޔާހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ހާމަކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި 4 މީހަކު ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ)، އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ) އަދި އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ)އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިމަހުގެ 27 ވަނަ ދުވަހުގެ ފަތިހު އެއާޕޯޓުގައި ހިންގި ފޭރުމުގައި ބޭނުންކުރި ލޯންޗް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

