ކ. ތުލުސްދޫގެ ފެން ޕްލާންޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ. މި މަސައްކަތަކީ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ސްޓެލްކޯއާ ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތެކެވެ.
ފެން ޕްލާންޓް ހުޅުއްވާދެއްވީ، ރައީސް މާލެ އަތޮޅުގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ތުލުސްދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ތުލުސްދޫ، ފެން ޕްލާންޓް ރައީސް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން… ފޮޓޯ: ސްޓެލްކޯ
މި ރަސްމިއްޔާތުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި، ތުލުސްދޫ ދާއިރާގެ މެމްބަރު އަދިި އެރަށު ކައުންސިލްގެ ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ތުލުސްދޫ، ފެން ޕްލާންޓް … ފޮޓޯ: ސްޓެލްކޯ
މި މަސައްކަތް 29 ޑިސެމްބަރ 2021 ފަށާފައިވާއިރު މި މަހުގެ 19ވަނަ ދުވަހު ވަނީ ކޮމިޝަން ކުރެވިފައެވެ. މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވުނު ވަޞީލަތްތަކަކީ 200 ޓަނުގެ 2 RO ޕްލާންޓާއި، 1400 ޓަނުގެ 2 RO ޓޭންކްއާއި، 1200 ޓަނުގެ 1 RW ޓޭންކްގެ އިތުރުން 17،336 މީޓަރުގެ ނެތްވަރކް ލައިނެވެ.

