ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއަށް ފާޑުކި ޖުޑީޝަރީ ދާއިރާގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.
ހުޅުމާލޭ ކޯޓުގެ އޮފިސަރެއްގެ މަޤާމު އަދާކުރަމުންދާ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ މިސަރުކާރަށާއި އިބްރާހިމް މުހައްމަދު ސާލިޙްއަށް މީސްމީޑިޔާގައި ފާޑުކިޔުމުންނެވެ.
"ޕޮކްމަން"ގެ ނަމުގައި މީސްމީޑިޔާގައި ހަރަކާތްތެރިވާ މިމުވައްޒަފުގެ މީޑީޔާ އެކައުންޓްތައް ދިރާސާކޮށް ބަލާލެވުނުއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފާޑުކިޔާފައިވާއިރު އޭނާ ކޮށްފައިވާ ޕޯސްޓުތަކަކީ ޝަރުޢީ ދާއިރާގެ ޤަވާޢިދާ ޚިލާފު އަމަލެއް ކަމަށް ކަނޑައަޅައި 14 ސެޕްޓެންބަރު 2020 ވަނަ ދުވަހު އޭނާއަށް ފިޔަވަޅުއަޅަން ވަނީ ނިންމާފައެވެ.
އޭނާ ކުރި ޓްވީޓުގައި ބުނެފައިވަނީ ޖުޑީޝަރީ ދާއިރާގައި އޭނާ ވަޒީފާ އަދާކުރާތާ 10 އަހަރު ފަހުން އޭނާ ވަޒީފާއިން ވަކިކޮށްފައި ވާކަމަށާއި ރައީސް ސޯލިހުގެ ވެރިކަމުގައި ތިން އަހަރު ފާއިތުވެގެން ދިޔައިރު ސަރުކާރުގެ މުވައްޒަފުންނަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންވެސް ނެތް ކަމަށެވެ.
ސަރުކާރަށް ފާޑު ކިޔުމުން ޒުވާނަކު ވަޒީފާއިން ވަކިކޮށްލުމުން މިކަމާއި ގުޅިގެން ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވަނީ މިސަރުކާރުގެ ފުރަތަމަ ތިން އަހަރު ފާހަޤަ ކުރަމުން މިދަނީ އެތަކެއް ޒުވާނުން މަގުމަތިކޮށްފައި ކަމަށެވެ.
ޝިޔާމްގެ އިތުރުން ގިނަ ބަޔަކު ދަނީ މިކަމާ ނުރުހި މިސަރުކާރަށް ފާޑުކިޔަމުންނެވެ.

