މޯލްޑިވްސް ޕޮލި ޓެކްނިކްގެ ސްކިލް ފެސްޓަކީ ދިވެހި މަސައްކަތްތެރިކަމުގެ ހުނަރުތައް ދަސްކުރުމަށް ހުޅުވިފައިވާ ދޮރެށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކްގެ އޯޕަންޑޭ، ސްކިލް ފެސްޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެޑަމް ސާޖިދާ، މޯލްޑިވްސް ޕޮލިޓެކްނިކްގެ އޯޕަންޑޭ، ސްކިލް ފެސްޓް ހުޅުވައިދެއްވަނީ… ފޮޓޯ: ރައީސް އޮފީސް
މޯލްޑިވްސް ޕޮލިޓެކްނިކަށް 50 އަހަރު ފުރުމާއި ދިމާކޮށް ބާއްވާ، ސްކިލް ފެސްޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވަހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ދިވެހިންނަކީ ދުނިޔެއަށް އަންނަ ބަދަލުތަކާއި އެއްވަރަށް ތަރައްޤީއާއި ކުރިއެރުން ހޯދާފައިވާ އުފެއްދުންތެރި ބައެއް ކަމަށެވެ.
މެޑަމް ސާޖިދާ ވިދާޅުވީ މޯލްޑިވްސް ޕޮލި ޓެކްނިކްގެ ސްކިލް ފެސްޓަކީ ދިވެހި މަސައްކަތްތެރިކަމުގެ ހުނަރުތައް ދަސްކުރުމަށް ހުޅުވިފައިވާ ދޮރެށް ކަމަށެވެ. އެހެން ކަމުން ކޮންމެ ޒުވާނަކުވެސް މި ފުރުޞަތުގެ ބޭނުން ހިފާނެ ކަމަށް ޤަބޫލުކުރައްވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
ދިވެހިންގެ ކުރީގެ ޖީލަކީ ހުނަރުވެރި ބައެއް ކަމަށާއި، އެކަން ދިވެހިންގެ އިހުގެ ގަލުވަޑާމާއި ޓެކްނޮލޮޖީން އެނގޭ ކަމަށާއި ކުރީގެ ޖީލްތަކުގެ ދިވެހިން އެހިނދަކު އައި ބަދަލަކާއި ބައްދަލުކުރި ބައެއް ކަމަށާއި އެ ބައްދަލާއި އެެއްވަރު ކުރި ބައެއް ކަމަށް މެޑަމް ސާޖިދާ ވަނީ ވިދާޅުވެފައެވެ.

