ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއޯއޯގެ މަގާމުގައި ހުރި ސަބީހާ އަހުމަދު، އެ ކުންފުނީގެ ބޯޑަށް ޢައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ)އިން ވަނީ، ވިޒިޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރެއްގެ މަގާމަށް ސަބީހާ އައްޔަންކޮށްފައިވާކަން އިއުލާންކޮށްފައެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ސަބީހާ އަޙްމަދު ވަނީ މީގެކުރިން ޖުމޭރާ ގްރޫޕް، ފެއަރމޮންޓް މޯލްޑިވްސް، އަދި ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސް ފަދަ ބޮޑެތި ރިސޯޓުތަކުގައި ސޭލްސް އެންޑް މާކެޓިންގ ދާއިރާގައި މަސައްކަތްކުރައްވާފައެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ، ދުނިޔޭގެ ފެންވަރުގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ކުރިއަރަމުންދާ މި ދަނޑިވަޅުގައި، ސަބީހާ އެ ކުންފުނީގެ ބޯޑަށް އައްޔަންކުރުމަކީ ބޯޑަށް މާކެޓިން ދާއިރާއިން އިތުރު ތަޖުރިބާއާއި ހުނަރުތަކެއް ގެނެސްދޭނެ ކަމެއް ކަމަށެވެ.

