މި އަހަރުގެ މިހާތަނަށް 1.8 މިލިޔަނަށްވުރެއް ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފިއެވެ. މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،804،515 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 1،332،533 ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ގެސްޓްހައުސްތަކަށެވެ. އެއީ 386،692 ފަތުރުވެރިންނެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 5 ގައުމަކީ:
- ޗައިނާ: 291،573 ފަތުރުވެރިން
- ރަޝިއާ: 223،857 ފަތުރުވެރިން
- އިނގިރޭސިވިލާތް: 159،615 ފަތުރުވެރިން
- ޖަރުމަނުވިލާތް: 132،394 ފަތުރުވެރިން
- އިޓަލީވިލާތް: 119،261 ފަތުރުވެރިން
ސަރުކާރުން އަމާޒުހިފާފައިވަނީ މިއަހަރު ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1286 ތަނެއް ވަނީ ހުޅުވާފައެވެ. މި ހުރިހައި ތަނެއްގެ ބެޑް ކެޕޭސިޓީ 64،994 އަށް އަރައެވެ.

