އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން ޑިޖިޓަލްކޮށް ރީބްރޭންޑްކޮށްފިއެވެ. “އެސްއެމްއީ ޑިޖިޓަލް” އަށް ރީބްރޭންޑްކޮށްފައިވަނީ “ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް” ކެމްޕޭނު އިފްތިތާހުކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން ރީބްރޭންޑް ކޮށްދެއްވީ، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު އަލީ ހަބީބާއި، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފެވެ.
އެސްޑީއެފްސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޚަސަން، މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ވިދާޅުވީ އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީއަށް މިއީ ވަރަށް ޚާއްސަ ދުވަހެއް ކަމަށާއި، ކުންފުނީގެ ކުރިމަގު ޒަމާނީ ޓެކްނޮލޮޖީއާއިއެކު ބައްޓަން ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްއަށް ރީބްރޭންޑް ކޮށްފައިވާ ކަމަށެވެ.
އެސްޑީއެފްސީ ވަނީ، ދާދިފަހުން ބީއެމްއެލްގެ ސަބްސިޑަރީއަކަށް ބަދަލުކޮށްފައެވެ.
އެސްއެމްއީ ޑިޖިޓަލްއަކީ، ރާއްޖޭގައި އެސްއެމްއީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދޭ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ އިސްލާމީ ޝަރީއާއާއި އެއްގޮތައް ގާއިމްކުރާ ފުރަތަމަ މާލީ މުވައްސަސާކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.

