މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް އިން ހުޅުމާލޭގެ ބިމެއް ގަނެފިއެވެ. އެއީ 49.4 މިލިއަން ރުފިޔާއަށް ގަނެފައިވާ ބިމެކެވެ.
އައިލެންޑް އޭވިއޭޝަނުން ގަތީ ހުޅުމާލެ 1 އިން 12،481 އަކަފޫޓުގެ ބިމެކެވެ. އެއީ އެޗްޑީސީގެ ނަމުގައި އޮތް ގޯއްޗެއް ކަމަށްވާ ބިމު ނަންބަރު 11725 އެވެ.
ކޯޓުން ވަނީ އައިލެންޑް އޭވިއޭޝަނުން ބިމަށް ފައިސާ ދައްކާފައި ވާތީ އަދި އެ ބިމުގެ މިލްކުވެރިކަމާ މެދު އެއްވެސް ފަރާތަކުން ޝަކުވާއެއް ކޮށްފައި ނެތުމުން ބިމުގެ މިލްކުވެރިކަން އައިލެންޑް އޭވިއޭޝަނަށް ލިބިފައިވާ ކަމަށް ކަނޑައަޅައި ހުކުމްކޮށްފައެވެ.
އެ ބިން އޮންނަ ސަރަހަށްދަކީ ހުޅުމާލެ 1 ގެ ރަށު މާރުކޭޓާ ދިމާލުން އެއްގަމުގައި، ބޮޑުމަގާ އިންވެގެން، ކަންމައްޗަކަށް ވާ ގޮތަށް އޮންނަ ބިމެކެވެ.

