ނ. މާފަރުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިޔަށް ދާކަމަށް “މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ” އެމްޓީސީސީން ހާމަކޮށްފިއެވެ. އެމްޓީސީސީން މިކަން ހާމަކޯށްފައިވަނީ ސޯޝަލް މީޑިއާއަށް ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެމްޓީސީސިން ބުނީ މާފަރުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ އިމާރާތުގެ އެންމެތިރީ ފަންގިފިލާގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ކަމަށެވެ.
އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންގޮސް އަވަހަށް ނިންމުމަށް އަމާޒު ހިފާފައިވާއިރު، މިހާރު ކުރިޔަށް ދަނީ ތަނބު ޖެހުމުގެ މަސައްކަތެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ފަހުން ނ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މާފަރަށް ވަޑައިގެންނެވި ދަތުރުފުޅުގައި ވަރަށް ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ވަނީ ފައްޓަވައިދެއްވާފައެވެ. އޭގެ ތެރޭގައި ފިޓްނަސް ސެންޓަރުގެ އަމަލީ މަސައްކަތް ހިމެނެއެވެ.

