“ޖެނަރޭޝަނަލް ބޭން”އާ ގުޅިގެން ބާއްވާ ޚާއްސަ ޓެލަތޯން މިއަދު ފަށާނެއެވެ. މި ޓެލަތޯން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 3:45 ގައެވެ. މި ޓެލެތޯނު މިރޭވެސް ކުރިއަށް ދާއިރު ޓެލަތޯން ނިންމާލުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 12 ޖަހާއިރުގައެވެ.
1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ މީހުން މާދަމާއިން ފެށިގެން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވާތީ އެކަމަށް ޚާއްސަކޮށްގެން ރާއްޖޭގެ އެކި މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ ޓެލަތޯންއެކެވެ.
މި ޓެލަތޯންގެ ތެރެއިން ދުންފަތް މަނާކުރުމުގެ ޤާނޫނަށް އަމަލުކުރަން ފެށުން ފާހަގަކުރަން ބާއްވާ 24 ގަޑިއިރުގެ ދުވުމާ ގުޅޭ މަޢުލޫމާތުތައްވެސް ގެނެސްދޭނެއެވެ. އެކުވެނި ޓްރެކްގައި ބާއްވާ ދުވުން ފަށާނީ މިއަދު ހަވީރު 4 ޖަހާއިރުގައެވެ. އަދި ދުވުން ނިންމާލަން ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4 ޖަހާއިރުގައެވެ.
އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ބިލު ޤާނޫނަކަށްވުމުން 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެއެވެ. އަދި އެއުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެކެވެ.

