މޯލްޑިވްސް އިމިގްރޭޝަނަށް 70 އިމިގްރޭޝަން އޮފިސަރު ޓްރެއިނީސް ހޯދަން ބާއްވާ ވޯކިން އިންޓަވިއު މާދަމާ ބާއްވަން އެ އިދާރާއިން ނިންމައިިފިއެވެ. މިއީ އިމިގްރޭޝަނުން ބާއްވާ މިފަދަ ދެވަނަ އިވެންޓެވެ.
މި އޮފިިސަރުން ހޯދުމަށް ރެކްރޫމެންޓް އިވެންޓެއް ބާއްވަން ނިންމާފައިވަނީ މާދަމާ 08:30 އިން 16:30 އަށް ސަލާހުއްދީން ސްކޫލް (ހުޅުމާލެ ފޭސް 2 ) ގައެވެ.
އިންޓަވިއު އަށް އަންނައިރު، ސިވިލް ސާވިސްގެ ވަޒީފާގެ ފޯމް ފުރިހަމަ ކޮށްފައިވުމާއި، ތައުލީމީ ސެޓްފިކެޓްތަކުގެ އޮރިޖިނަލް އަދި ކޮޕީ ގެންދިއުމާއި، ސީވީގެ ކޮޕީއެއް، އައިޑީކާޑުގެ ކޮފީ އަދި ތަޖުރިބާ ހުރި ނަމަ އެކަމުގެ ލިޔުމުގެ ކޮޕީ ގެންދިއުމަށް އެދޭ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މައިގަނޑު ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި
- އެއާޕޯޓްގެ ބޯޑަރު ކޮންޓްރޯލްގެ މަސައްކަތްކުރުން
- ދިވެހި ރައްޠިތުންނަށް ޕާސްޕޯޓް އަދި ޓްރެވަލް ޑޮކިއުމެންޓްގެ ހިދުމަތްދިނުމުގެ މަސައްކަތްކުރުން
- ސީޕޯޓް ސެކްޝަންގެ މަސައްކަތްކުރުން ވިޒާ ސެކްޝަންގެ މަސައްކަތްކުރުން
- އޮފީހަށް ދިމާވާ ޚާއްސަ ހާލަތާއި ގުޅިގެން ކުރިއަށް ގެންދާ ޙާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން
މަގާމަށް ހޮވުމުގައި ބަލާނެ ކަންކަން
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްހާނަކުން މަދުވެގެން ދެ ޑީ ފާސް ލިބިފައިވުމާއެކު، މަތީ ސާނަވީން ދިވެހި މާއްދާއިން ދަށް ވެގެން ސީ ފާސް ލިބިފައިވުން ނުވަތަ އެމްކިއުއެފް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލް ކޮށްފައި ވުން.
- އަދި އިއުލާން ކުރާ މުއްދަތު ކުރިން އުމުރުން 40 ފުރިފައި ނުވާ މީހެއް ކަމުގައިވުން
މީގެ ކުރިން އިމިގްރޭޝަނުން ބޭއްވި ވޯލްކިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެގޮތުން އެ ވޯކިން އިންޓަވިއުއެއަށް 900 އަށްވުރެ ގިނަ މީހުންދިޔައިރު، ޝަރުތު ހަަމަވީ 758 މީހެކެވެ. އޭގެ ތެރެއިން އިމްތިހާނު ހެދީ 549 މީހެކެވެ.

