ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ހަދާފައިވާ ހިޔާ ފްލެޓްގެ ޓަވަރު 8 ގެ 14 ވަނަ ފަންގިފިލާއިން މީހަކު ވެއްޓި މަރުވެއްޖެއެވެ. އެ ސަރަހައްދުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން މައުލޫމާތު ދިން ގޮތުގައި މީހާ އޮތީ ޗިސްވެ، ސިކުނޑިވެސް ފެންނަަވަރަށް އަނިޔާވެފައެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 08:32 ހާއިރުއެވެ.
ފުލުހުންނަށް މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެސަރަހައްދަށް ފުލުހުން ދިޔަ ކަމަށާއި އަދި އެމީހާ ވަނީ ވަގުތުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުލުހުން ވަނީ ވެއްޓިފައި ވަނީ ފިރިހެނެއް ކަމަށާއި މީހާ ވަނީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައި ކަމަށް ހާމަކޮށްފައެވެ.

