ރާއްޖޭގެ ސާފިންގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް މިއަދު ހޯދައި، އުމުރުން އެންމެ 8 އަހަރުގެ އާލިޔާ ލަތީފް ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްސްގެ ޖޫނިއާ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖޫނިއާ އަންހެން ސާފިން އިވެންޓެއް ބާއްވައި، އެ އިވެންޓުގެ ޗެމްޕިއަންކަން ކުޑަކުޑަ އާލިޔާ ހޯދި ފަހަރެވެ. އަދި މިއީ މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބޭއްވި މުބާރާތެއްގައި ޖޫނިއާ އަންހެން އިވެންޓެއް ހިމެނުނު ފުރަތަމަ ފަހަރު ވެސް މެއެވެ.
އާލިޔާ މި ކާމިޔާބީ ހޯދީ މިއަދު ބޭއްވި ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްސްގެ އަންހެންބައިގެ 18 އަހަރުން ދަށުގެ ފައިނަލް ހީޓުގައި ވާދަކޮށް ޖުމްލަ 10.23 ޕޮއިންޓް ހޯދައިގެންނެވެ. އެގޮތުން ފައިނަލް ހީޓުގައި ތިންވަނަ ރާޅަށް 4.23 ޕޮއިންޓް ހޯދާފައިވާއިރު، ހަވަނަ ރާޅުން 6 ޕޮއިންޓް ސްކޯ ކޮށްފައިވެ އެވެ.
ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްސްގެ ފައިނަލް ހީޓުތަކުން ކާމިޔާބު ހޯދި ކުޅުންތެރިންނާއި އެ ކުޅުންތެރިންނަށް ލިބުނު ޖުމްލަ ޕޮއިންޓްތައް ތިރީގައި މިވަނީ އެވެ.
އަންހެން 18 އަހަރުން ދަށުގެ ނަތީޖާ (ފައިނަލް)
- އާލިޔާ ލަތީފް (ޗެމްޕިއަން): 10.23 ޕޮއިންޓް
- އައިޝާ ތާރާ ވާސިފް (ދެވަނަ): 7.67 ޕޮއިންޓް
- އަލައިކާ އަބްދުލް އަލީމް (ތިންވަނަ): 3.86 ޕޮއިންޓް
- މަރިޔަމް ޒޯހާ މާދިހް: 0.93 ޕޮއިންޓް
ފިރިހެން 18 އަހަރުން ދަށުގެ ނަތީޖާ (ފައިނަލް)
- ޔަސީން އަހުމަދު ނާޝިދު (ޗެމްޕިއަން): 13.67 ޕޮއިންޓް
- މުހައްމަދު އިނާން އަބްދުލް ހަންނާން (ދެވަނަ): 9.77 ޕޮއިންޓް
ފިރިހެން 16 އަހަރުން ދަށުގެ ނަތީޖާ (ފައިނަލް)
- ޔޫސުފް ކަޔާން ހަމްދާން ޒަކީ (ކައި ޒަކީ) (ޗެމްޕިއަން): 13.67 ޕޮއިންޓް
- ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) (ދެވަނަ): 8.33 ޕޮއިންޓް
ކައިޕުޓީ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި ޔަސީން ބަލިކޮށްގެންނެވެ. އަދި ކައި ޒަކީ ވަނީ ސެމީ ފައިނަލްގައި ނޫގް މުހައްމަދު ދުނެއިމް އިރުޝާދު ބަލިކޮށްފަ އެވެ.
ފިރިހެން 14 އަހަރުން ދަށުގެ ނަތީޖާ (ފައިނަލް)
- ހުސެއިން އަޒާން އިސްމާއިލް (ޗެމްޕިއަން): 11.33 ޕޮއިންޓް
- އަހުމަދު އާލް އާދިލް (ދެވަނަ): 4.43 ޕޮއިންޓް
އަދި 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ހުސެއިން އަޒާން އިސްމާއިލް މި މުބާރާތުގައި ވާދަކުރި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ މި އިވެންޓުން އޭނާ ކެޓީ ސެމީ ފައިނަލުންނެވެ.

