މާލޭގެ މާފަންނު ގެއެއްގެ 6 ވަނަ ފަންގިފިލާގެ ވައި ގޮޅިން ސިޑި ގޮޅިއަށް ވެއްޓި މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 18:29 ހާއިރު ކަމަށެވެ. އެ މީހާ ވެއްޓުނީ، މާފަންނުގައި ހުންނަ ގެއެއްގެ ހަވަނަ ފަންގިފިލާގެ ވައިގޮޅިން އެ ގޭގެ ސިޑި ގޮޅިއަށްކަމަށް ފުލުހުން ވަނީ ބުނެފައެވެ. ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ތިބި މީހުން ވަނީ އަނިޔާވި މީހާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
މަރުވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 47 އަހަރުގެ ރޮޓަން ކިޔާ މީހެކެވެ. އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މީހާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ،

